އަލިފާން

ޕިކަޕެއްގައި އަލިފާން ރޯވެއްޖެ

Oct 7, 2021

ޕިކަޕެއްގައި އަލިފާން ރޯވެއްޖެ އެވެ.

ރޯވެފައިވަނީ މާލެ ހިޔާ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައެވެ. ސިފައިން ދެންމެ ބުނީ އަލިފާން ރޯވެ ޕިކަޕު ވަރަށް ބޮޑަށް އަންދާފައިވާ ކަމަށެވެ. މީހަކަށް ގެެއްލުން ނުވާ ކަމަށްވެސް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

"ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ،" ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ބެލެވޭތޯ ދެންނެވުމުން މީޑިއާ އޮފިސަރު ވިދާޅުވިއެވެ.