އަލިފާން

މެންބަރު ރޮޒައިނާ ގޭގައި އަލިފާން ރޯވެއްޖެ

Oct 20, 2021

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ސިފައިން ބުނީ ޑޮނާޑް ގާމެޓް ހުންނަ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ. ހާދިސާގެ ރިޕޯޓް އެފްއާރްއެސްއަށް ލިބުނީ 4:49 ހާއިރުއެވެ.

ޑޮނާޑް އަކީ ރޮޒައިނާގެ ބައްޕަ އާއި މަންމަ ހިންގަވާ އެ މީހުންގެ އާއިލީ ވިޔަފާރީ އެކެވެ. އަލިފާން ރޯވީ ރޮޒައިނާ ދިރިއުޅޭ އެޕާޓްމަންޓްގައި ނޫން ކަމަށް އެނގިފައިވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުން މީހުން ވަނީ ހުސްކޮށްފައެވެ.