ހަބަރު

ކައުންސިލަށް އާމްދަނީ ހޯދަން ނޭކުރެންދޫގައި ބަކަރިކޮށްޓެއް އަޅަނީ

Dec 10, 2015

އަންނަ ޖެނުއަރީ މަހު ނޭކުރެންދޫގައި ބޮޑު ބަކަރިކޮށްޓެއް ހަދަން ފިޝަރީޒް މިނިސްޓްރީޏް ނިންމައިފި އެވެ.

ފަންސާސް ފޫޓު ފާންސާސް ފޫޓުގެ ބަކަރިކޮށްޓެއް ނޭކުރެންދޫގައި ހަދަން ފިޝަރީޒް މިނިސްޓްރީން ނިންމީ، މަސް ކާން ބޭނުންކުރާ އެއްގަމު ދޫންޏާއި ޖަނަވާރު އިތުރުކޮށް ގެންގުޅުމަށް އެ މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނޭކުރެންދޫ ކައުންސިލުން ރައީސް އަހުމަދު ސިޒާން ވިދާޅުވީ، ބަކަރި ކޮށި އަންނަ މަހުގެ ނިޔަލަށް އަޅައި އިންމާނެ ކަމަށާއި، ފުރަތަމަ ބުރުގައި އެތަނަށް ގެންނަނީ 10 ކަބަރި ކަމަށެވެ. ބަކަރިކޮށި އަޅައިދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

"ރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށާ ކައިރި ހިސާބަކުން ކޮށި ހަދާނެ ތަނެއް ހޯދައި ތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ، ކޮށި ހަދައިދޭނެ މީހަކު ހޯދަން ތިން ވަނަ ފަހަރަށް ބިޑް މި ކުރީ. އަޅުގަނޑުމެން މިއަދުން ފެށިގެން ޕްރޮޕޯސަލް ބަލައިގަންނާނަން،"

ސިޒާން ވިދާޅުވީ، ކޮށި އަޅަން ބޭނުންވާ ސާމާނު މިނިސްޓްރީން އެރަށަށް ދީފައިވާ ކަމަށެވެ. ބައެއް ތަކެތި ކޮންޓްރެކްޓަރު ސަޕްލައި ކޮށްދޭގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށާ، ކައުންސިލުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް އެކަން ނިންމުމަށް ކަމަށެވެ. ބަކަރިކޮށީގައި ގެންގުޅޭ ބަކަރި ވިއްކައިގެން ލިބޭ ކަންކަން ބޭނުންކުރަން ނިންމާފައިވަނީ ރަށު ކައުންސިލުގެ އެކި މަސައްކަތްތަކަށް ހޭދަކުރުމަށް ކަމަށް ވެސް ސިޒާން ވިދާޅުވި އެވެ.