ހަބަރު

ގާފަރުގައި 43 މިލިއަން ރުފިޔާގެ ބަނދަރެއް ހަދަނީ

ކ. ގާފަރުގައި 43 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުޅިން އާ ބަނދަރެއް ހެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެއްހާސް ފޫޓު ދިގު 300 ފޫޓު ފުޅާ މިބަނދަރު 300 ދުވަސްތެރޭ ނިންމުމަށް ފަހު ހަވާލުކުރަންޖެހޭ ބަނދަރެކެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެވީ ފޯސްއާ ބަނދަރުގެ މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އީއައިއޭގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ރާއްޖޭގައި ހަދާ އެންމެ ބޮޑު އެއް މި ބަނދަރުގައި ލައިޓުތައް ހަރުކޮށް ބަނަދަރު ސަރަހައްދު ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 361 މީޓަރުގެ ބޭރުތޮއްޓަށް ހެދުމުގެ އިތުރުން 108 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް މިސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.