އެމްއެންޑީއެފް

ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

Jan 15, 2022
1

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިންގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެއް ފަތުރުވެރިޔެކެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އެމްއެންޑީއެފް އިން ބުނީ ފަތުރުވެރިޔާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 3:555ގައި ކަމަށެވެ.

ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރުތައް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަހައްދު ބަލާފައިވާ ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.