އެމްއެންޑީއެފް

ޑްރޯން ބޭނުންކޮށްގެން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޯޓެއް ކޯސްޓްގާޑުން އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ގާނޫނާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގަނެވިފައިވާ ކަމަށެވެ.

ބޯޓު އަތުލައިގަތީ އެމްއެންޑީއެފްގެ އެއާ ކޯ ޑްރޯންގެ އެހީގައި ބޯޓު އޮތް ތަނެއް ދެނެގަތުމަށްފަހު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އަތުލައިގަނެފައިވާ ބޯޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.