ޓޫރިޒަމް

ޔުނިވާސަލްގެ ހިއްސާ އޮތް ދެ ރިސޯޓެއް ވިއްކާލަނީ

May 9, 2022

ރާއްޖޭގައި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި -- ޔުނިވާސަލްގެ ހިއްސާ އޮތް ދެ ރިސޯޓެއް ވިއްކާލަން ނިންމައިފި އެވެ.

ވިއްކާލަން ތައްޔާރުވަނީ ކ. ފުރަނަފުށީގައި ފުލްމޫންގެ ނަމުގައި ހިންގާ ރިސޯޓާއި އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސްގެ ނަމުގައި ހިންގާ ރިސޯޓެވެ.

މި ދެ ރިސޯޓަކީ ޔުނިވާސަލްގެ އިތުރުން ބޭރުގެ ކުންފުންޏެއް ކަމުގައިވާ ސްޓާވުޑްގެ ހިއްސާ އޮތް ދެ ރިސޯޓެވެ.

ފުލްމޫން އާއި ޑަބްލިއު މޯލްޑިވްސް ވިއްކާލަން ނިންމާފައިވާތީ އެ ދެ ރިސޯޓާ ގުޅޭ އެއްވެސް ދަރަންޏެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އިއުލާންވެސް ކޮށްފަ އެވެ.

ޔުނިވާސަލްގެ ހިއްސާ އޮތް އެހެން ބައެއް ރަށްތައް ވެސް މިދިޔަ ދުވަސްތަކުގައި ވިއްކާލަން އިއުލާންކޮށްފައިވެ އެވެ.