ހަބަރު

ރާއްޖޭގައި ޖަޕާން އެމްބަސީއެއް ހުޅުވައިފި

ރާއްޖޭގައި ޖަޕާން އެމްބަސީއެއް ހުޅުވައިފިއެވެ. މި އެމްބަސީ އަކީ ޖަޕާނާއި ރާއްޖެ އާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ އެމްބަސީއެކެވެ.

މާލޭގައި އިއްޔެ ޖަޕާން އެމްބަސީއެއް ހުޅުވުމުން ސަރުކާރުންވަނީ ޖަޕާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި އެމްބަސީ އަކީ ރާއްޖެ އައި ޖަޕާނާއި ދެމެދު އޮންނަ އެކުވެރިކަމުގެ އާ ބާބެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އިތުރު ތަންތަން ހުޅުވުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ މިކަމުގެ ސަބަބުން ހަމައެކަނި ވަރުގަދަ ވެގެންދާނީ ދެގައުމުގެ ދެމެދު އޮންނަ އެކުވެރި ކަމުގެ ގުޅުން ނޫން ކަމަށާއި އެކަމުން އެ އެނގެނީ ރައީސް އަބުދުﷲ ޔާމީންގެ ވަރުދަގަ ސިޔާސަތުތައް ބޭރު ދުނިޔޭގައި ބަލައި ގަންނަ ކަން ކަމަށެވެ.

ރައީސް ޔާމިން ވެރިކަމަށް އަރައި ވަޑައިގެންފަހުން ޖަޕާނަށް ވަޑައިގެންނެވީ ޖަޕާން ރައީސްގެ ރަސްމީ ދައުވަތަކަށް 2014 ވަނަ އަހަރެވެ. ރާއްޖެއަކީ ޖަޕާނުން އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއް މަންޒިލެވެ. އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 40،000 ފަތުރުވެރިން ޖަޕާނުން ރާއްޖެއަށް އާދެއެވެ.