ހަބަރު

ޝުމްބާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިއާސީ ލޯންޗަށް ދިން ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް10 ދުވަސް ޖަހައިފި އެވެ.

މިއީ ޝުމްބާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ.

ޝުމްބާގެ ބަންދުގެ މުއްދަތު މިދޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިތުރުކޮށްފައި މިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އޭނާގެ ބަންދަށް ކޯޓުން ޖެހި 15 ދުވަސް ހަމަވުމުންނެވެ.

ސޯޝަލް މީޑިއާގައި ނައިބު ރައީސް އަހުމަދު އަދީބު ޕްރޮމޯޓްކުރުމަށް ވަރުގަދައަށް ކެމްޕޭން ކުރަމުން އައި ޝުމްބާ ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އިންނެވެ. ޝުމްބާ ލަންކާ އިން ހައްޔަރުކުރިއިރު އޭނާ ގެންދިޔައީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ޓްވިޓާގައި ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފާޑުކިޔަމުންނެވެ.

އޭނާ ހައްޔަރު ކުރި މައްސަލާގައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެސް އުފެދުނެވެ.