އެޗްޑީސީ

އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް ގައިސް

Mar 22, 2023

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބް ރައީސް އަހްމަދު ގައިސް އައްޔަންކުރައްވައިފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގައިސް އައްޔަންކޮށްފައިވާ ކަމަށް އެޗްޑީސީގެ ބައެއް އޮފިޝަލުން ޔަގީންކޮށްދީފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭން ކޮށްދެއްވުމަށްޓަކައި ބްރޯޑްކޮމްގެ ނައިބް ރައީސްގެ މަގާމުންނާއި މެންބަރުކަމުން ގައިސް އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު އާތިފް މިދިޔަ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމާ ގުޅިގެންނެވެ.