އަހުމަދު ނަސީރު

ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު -- ފޮޓޯ: އަވަސް
0%
0%
0%

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އަހްމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓަރެއްގެ ފެންވަރުގައި ނަސީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށެވެ.

ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ނަސީރު ބަދަލުކުރައްވާފަ އެވެ.

މިބަދަލު ގެނައި ވަކި ސަބަބެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަސީރު ވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފަ އެވެ.

މިނިސްޓަރެއްގެ ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުވެސް ހުންނަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345