ރައީސް އޮފީސް

ނުވަ ބޭފުޅަކު ސަފީރު ކަމަށް އައްޔަންކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފުރަތަމަ ފަހަރަށް ސަފީރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ކަމަށް އައްޔަންކުރެއްވި ނުވަ ބޭފުޅުން މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒު އެވެ.

ސަފީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުން

  • މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)
  • ހ. އޯކިޑް، އިރްތިޝާމް އާދަމް - އިނގިރޭސިވިލާތް
  • މ. ފަށަލަ، ޑރ. ފަޒީލް ނަޖީބު - ޗައިނާ
  • މ. ގީލާވިލާ، ގީލާ އަލީ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
  • މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަހްމަދު - މެލޭޝިއާ
  • މ. ތުޅާގިރި، މަސްއޫދު އިމާދު - ސްރީލަންކާ
  • މއ. ދިލާސާގެ، މުހައްމަދު ލުވޭޒު - ސިންގަޕޫރު
  • މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު - ޖެނިވާ
  • ޑރ. އަލީ ނަސީރު މުޙައްމަދު - އދ

ސަފީރު ކަމަށް މިއަދު އައްޔަންކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި ހަފްތާއާއި މިދިޔަ ހަފްތާގެ ތެރޭގައެވެ.