ރައީސް އޮފީސް

ނިހާދު، ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފި

ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު -- ފޮޓޯ: އަވަސް
0%
0%
0%

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވައިފި އެވެ.

ނިހާދުގެ މަގާމަށް މި ބަދަލު ގެންނަވާފައި މިވަނީ މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އޭނާ ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު އެވެ.

ނިހާދު ސަސްޕެންޑް ކުރީ މިދިޔަ ޑިސެމްބަރު ނުވަވަނަ ދުވަހުގެ ރޭ ވެރިކަން ކުރާ ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެޖަލްސާގައި ނިހާދު ވަނީ ރާއްޖެ އަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ އައުމަށް އޭރު ތައްޔާރުވަމުން ދިޔައިރު އިދިކޮޅު އެމްޑީޕީ އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައްކަވާފަ އެވެ.

އެ މައްސަލައިގައި ނިހާދަށް ފިޔަވަޅު އެޅުމަށްފަހު އަލުން ވަޒީފާއަށް ނިކުންނަވަން އެންގެވީ ފިނޭންސް މިނިސްޓްރީ އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ނިހާދު އައްޔަންކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.

ނިހާދު އަކީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރެވެ. އޭނާ ޕީއެންސީއަށް ސޮއި ކުރެއްވީ އެމްޑީޕީގެ ވެރިކަން ނިމި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުތާ އެންމެ ކުރީކޮޅުގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910