މިސްކިތް

ޝައިޚް ޚަލީފާ ބިން ޒައިދު އައްނަހްޔާ - އަލްޢައިން، ޔޫއޭއީ

ޝަ އިޚް ޚަލީފާ ބިން ޒައިދު އައްނަހްޔާ - އަށް އަލްޢައިންގެ ބޮޑު މިސްކިތުގެ ނަމުން ވެސް ކިޔަ އެވެ. އެއީ މި މިސްކިތް ހުންނަ ސިޓީ -- އަބޫދާބީގެ ސިޓީއެއް ކަމަށްވާ އަލްޢައިންގައި މި މިސްކިތް ހުންނާތީ އެވެ. އެކަމަކު ގިނަ މީހުން ލޯބިކުރަނީ ޝައިޚް ޚަލީފާ މިސްކިތުގެ ނަމެވެ. މި މިސްކިތް ނިސްބަތްވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އޭރުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އައްނަހްޔާން އަށެވެ.

ޝައިޚް ޚަލީފާ މިސްކިތް ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުރި އެންމެ ބޮޑެތި މިސްތްތަކުގެ ތެރޭގަ އެވެ. މި މިސްކިތުގެ ޖާގަ އަކީ 20،000 އެވެ.

މި މިސްކިތުގެ ބިންގާއެޅީ ޑިސެމްބަރު 2013 ގައެވެ. އިމާރާތްކޮށް ނިންމައި އާންމުކޮށް ހުޅުވާލީ މެއި 13، 2021 ގައެވެ.

މި މިސްކިތުގެ އެތެރޭގައި 6،433 މީހުންނަށް ޖަމާއަތުގައި ނަމާދުކުރެވެ އެވެ. ގޯތި ތެރޭގައި 14،029 މީހުންނަށް ޖާގަ އޮވެ އެވެ.

ޝައިޚް ޚަލީފާ މިސްކިތް އިމާރާތްކޮށްފައިވަނީ ހަތަރު މުންނާރާ އެކު އެވެ. އެކަމަކު ވަރަށް ބޮޑު ގުއްބެއް މިސްކިތުގެ ފުރާޅުމަތީގައި ބާއްވާފައި އޮވެ އެވެ. އުސްމިނަކީ 103 ފޫޓެވެ.

މި މިސްކިތަށް ދަތުރުކުރާ މީހަކަށް އެންމެ ފުރަތަ ފެންނާނީ މިސްކިތުގެ ހަތަރު މުންނާރެވެ. މިއިން ކޮންމެ މުންނާރެއްގައި 200 ފޫޓު ހުރެ އެވެ.

މިސްކިތް ބިނާކޮށްފައި ހުންނަނީ ވަރަށް ބިން ތަނަވަސް ސަރަހައްދެއްގައި، 168،820 އަކަފޫޓުގައި މިސްކިތަށް ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދީގެންނެވެ.

މުޅި މިސްކިތް އިމާރާތްކުރުމަށް 600 ދިރުހަމް ވަނީ ހޭދަކޮށްފަ އެވެ.

ޝައިޚް ޚަލީފާ މިސްކިތުގެ ގުއްބާ މެދު ބުނެވެނީ މިއަށް ވުރެ ވަކި ބޮޑު ގުއްބެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެއްވެސް މިސްކިތެއްގައި އަދި ތަނެއްގައި ވެސް ނުހުންނާނެ ކަމަށެވެ. މިސްކިތުގެ ނަމާދު ހޯލުގެ މުޅި ފުރާޅަކީ ވެސް މި ގުއްބެވެ. މި ގުއްބުގެ އެތެރޭގައި އަދި ބޭރުގައިވެސް ގުރުއާންގެ އާޔަތްތައް ލިޔެފައި ހުރެ އެވެ.

މިސްކިތް ހުޅުވުން އޮތީ ކޮވިޑްގެ ދުވަސްވަރު އެވެ. އެހެންކަމުން މިސްކިތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުރެވުނު ނަމާދު، އެ އަހަރުގެ އީދު ނަމާދު އޮތީ ގައިދުރުކޮށް މާސްކް އަޅައިގެންނެވެ.

އިމާމްވެ އީދު ނަމާދު ކުރެއްވީ ޝައިޚް ޠަޙްނޫން ބިން މުޙައްމަދު އައްނަހްޔާން އެވެ.

ޝައިޚް ޚަލީފާ ބިން ޒައިދު އައްނަހްޔާން މިސްކިތާ ނަމުގެ ގޮތުން ވަރަށް އެއްގޮތް އެހެން މިސްކިތެއް ވެސް އަބޫދާބީގައި ހުރެ އެވެ. އެއީ ޝައިޚް ޒައިދު މިސްކިތެވެ.