LIVE UPDATES

ރައީސްގެ ރިޔާސީ ބަޔާން

Updated:
  • ރިޔާސީ ބަޔާން ދަރުބާރުގޭގައި އިއްވާ ފުރަތަމަ ފަހަރު
  • އެމްޑީޕީ އިން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައި
  • ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވައި ދެއްވާ ޖަލްސާ ކުޑައިރުކޮޅެއްގެ ތެރޭ ދަރުބާރުގޭގައި ފަށާނެ އެވެ. ޖަލްސާ ފަށާނީ 10:00 ޖަހާއިރު އެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުން ފިޔަވައި އެހެން މާލަމެއްގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން ފުރަތަމަ ފަހަރަށް އިއްވާއިރު މި ޖަލްސާގައި ބައިވެރި ނުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބޮއިކޮޓްކޮށްފައެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާ ބުނާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވާ ގައުމާ މުހާތަބު ކުރައްވަން ޖެހެ އެވެ.

މަޖިލިސް ކުރާ ގެއިން ދަރުބާރުގެއަށް މަޖިލިސް ހުޅުވާ ޖަލްސާ ބަދަލު ކުރި އިރު މަޖިލީހުގެ އިދާރާގައި ކަރަންޓް ޝޯޓެއްވެ މިދިއަ ހަފުތާގައި ވަނީ ބޭރަށް ދުން ނުކުތުމުގެ ހާދިސާއެއް ހިނގާފައެވެ. އަދި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު ރައީސް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި އިވެންޓްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.