ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް

ފަރުމާ: އާޓިސްޓުންނަށް ހޯދައިދިން އެންމެ ބޮޑު ފުރުސަތު

ފަ ރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު ބައިނަލްއަގްވާމީ އާޓް ފެސްޓިވަލް އެވެ. ޖުމްލަ އަށް ގައުމަކުން 80 އަށް ވުރެ ގިނަ ފަންނުވެރިން މި ފެސްޓިވަލްގައި ބައިވެރިވެ ތަފާތު ހުނަރުތައް ދައްކާލި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ އަށްވަނަ ދުވަހު ހުޅުއްވައިދެއްވި މި ފެސްޓިވަލް މިއަދު ނިމިގެންދާނެ އެވެ.

އާޓިސްޓުންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމީހުން ބޭނުންވާ ކޮންމެ އެއްޗެއް ކުރެހުމެއްގެ ސިފައިގައި ދައްކާލުމަށް ފުރުސަތު ލިބިގެން ދިއުމެވެ. އަދި ބޭނުންވާ ވަރަކަށް އެމީހުންގެ ކުރެހުންތައް ބަހައްޓަން ޖާގަ ދިނުމާއި ބޭނުންވާ އަގެއްގައި ކުރެހުންތައް ވިއްކަން ފުރުސަތު ދިނުމަކީ ފެސްޓިވަލްގެ ބައިވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.