އެސްޓީއޯ

އެސްޓީއޯގެ ބޯޑުން ގައިސް ވަކިކޮށްފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި މުހައްމަދު ގައިސް މަގާމުން ވަކިކޮށްފި އެވެ.

އެސްޓީއޯގެ ބޯޑުން ގައިސް ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ގައިސް އެސްޓީއޯގެ ބޯޑަށް އައްޔަންކުރީ މެއި 19، 2019 ގައެވެ.

އެސްޓީއޯގެ ބޯޑުން ގައިސް ވަކިކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މުއައްސަސާތަކާއި ކުންފުނިތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

އެސްޓީއޯގެ ބޯޑުގައި މިވަގުތު ތިއްބެވީ ޗެއާމަން އާމިރު މަންސޫރާއި މެނޭޖިން ޑައިރެކްޓަރު ޝިމާދް އިބްރާހިމް އާއި މުހައްމަދު މުރާދު އާއި މުހައްމަދު ނިޒާމް އާއި އިސްމާއިލް ޒުމައިލް ރަޝީދުގެ އިތުރުން މުހައްމަދު އަހުސަން ސަލީމެވެ.