އައި ކެއާ

ފެދަރ ފްރޭމްސް: ސްޓައިލިޝް އަދި ދިގު މުއްދަތަށް ގެންގުޅެވޭ

Mar 4, 2024

ދާދި ފަހުން އަޅުގަނޑަށް ފެދަރ ފްރޭމެއް ޓްރައި ކުރުމުގެ ފުރުސަތު ލިބުނެވެ. ސްޓައިލާއި އެކު ފަންގްޝަނަލިޓީ އަށް ބަލާއިރު ވެސް އައިނު އަޅުއްވާ ބޭފުޅުންނަށް މި ވަރުގެ ދެ ވަނަ ފްރޭމެއް ހޯދަން އުނދަގޫ ވާނެއެވެ.

އައިކެއަރ އިން ވިއްކަމުން އަންނަ ފެދަރ ބްރޭންޑުގެ ފްރޭމްތައް އުފައްދާފައި ވަނީ ޓައިޓޭނިއަމް ބޭނުންކޮށްގެންނެވެ. އަދި ޓެމްޕަލް އާއި ބްރިޖުގައި 24 ކެރެޓްގެ ގޯލްޑް ޕްލޭޓެއް އެކުލެވެ އެވެ. އެހެންކަމުން މިއީ އެންމެ މަތީ ފަންތީގެ ކޮލެޓީގައި އުފައްދާފައިވާ ފްރޭމްތަކެއް ކަން އިތުރަށް ބުނެދޭން ޖެހޭނެ ހެނެއް ހިޔެއް ނުވެއެވެ.

އެ ކަންކަމުގެ އިތުރުން ފެދަރ ފްރޭމެއް ޓްރައި ކުރުމުން އަޅުގަނޑަށް އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ، ދުނިގަނޑުގެ ލުއި ކަމެވެ. ލުޔެއް ކަމަކު، ޓައިޓޭނިއަމް އިން އުފައްދާފައިވާ ދުނިގަނޑެއް ކަމަށް ވުމުން މި ދުނިގަނޑަކީ ވަރަށް ވަރުގަދަ އަދި ފަސޭހަ އިން ހަލާކުވެގެން ނުދާނެ ދުނިގަނޑެއް ކަން ކަށަވަރެވެ. ސްޓައިލަށް ފެތޭ ގޮތަށް މުޅި ދުވަހު އަޅައިގެން އުޅުނަސް އެއްވެސް އުނދަގުލެއް ނުވާހާ ލުއި ދުނިގަނޑެއް ކަން ކަށަވަރެވެ.

ފެދަރ ދުނިގަނޑުތަކުގައި ގިނަ ޑިޒައިންތަކެއް ހިމެނޭއިރު، ގިނަ ފޭސް ޝޭޕްތަކަށް ފިޓުވާނެ ކަން ކަށަވަރެވެ. އަދި އެކި އުމުރު ފުރާގެ މީހުންނަށް ހެޔޮވަރުގެ ފެދަރ ދުނިގަނޑުތައް ވެސް އެބަހުއްޓެވެ.

ފެދަރ ފްރޭމްގެ ގިނަ ވައްތަރުތައް އައިކެއަރއިން ލިބެން ހުރި އިރު އާ އައިނެއް ހައްދަވާ ނަމަ ފެދަރ ދުނިގަނޑެއް ޓްރައި ކޮށްލައްވާށެވެ. ޔަގީނުން ވެސް މި ފަދަ ދެ ވަނަ ދުނިގަނޑެއް ނުލިބޭނެއެވެ.