އަވިގަދަ ދުވަހެއްގައި ބޭރަށް ނުކުންނައިރު، ނަންބަރު އައިނު އަޅާ ނަމަ ވަކިން އަވި އައިނެއް ގެންގުޅެން ޖެހުމަކީ އުދަނގޫ ކަމެކެވެ. މިކަމަށް ހައްލެއް ބޭނުންވާނަމަ އަވަހަށް އައިކެއަރ އަށް ވަޑައިގެން ކްލިޕް އޮން އައިނެއް ބައްލަވައިގަންނާށެވެ.
ފަސޭހަ ކަމާއި އެކު ނަންބަރު އައިނުގެ ލެންސުގެ މަތިން އަވި އައިނުގެ ލެންސް ހަރުކޮށްލެވޭ ގޮތަށް ހުންނަ ކްލިޕް އޮން ފްރޭމްތަކުގެ އައިނުތަކަކީ ޒަމާނާ ގުޅޭ އެންމެ ފަހުގެ ސްޓައިލްތަކަށް ފިޓުވާ އައިނުތަކެކެވެ.
އެގޮތުން ތަފާތު އުމުރުތަކަށް އަދި ގިނަ ކުލަތަކެއްގެ ކްލިޕް އޮން ފްރޭމްތައް އައިކެއާ އިން ލިބެން ހުންނަ އިރު، ނަން މަޝްހޫރު ގިނަ ބްރޭންޑް ތަކެއްގެ އައިނުތައްވެސް އެ ތަނުގައި އެބަހުއްޓެވެ.
ދެ ޖިންސުގެ މީހުންނަށް އަދި އެކި އުމުރު ފުރާތަކަށް ހާއްސަ ކްލިޕް އޮން ފްރޭމްތަކުގެ އައިނުތައް އައިކެއާ އިން ލިބެން ހުރި އިރު, މި އައިނުތައް ތަޖުރިބާ ކޮށްލަން އައިކެއަރއަށް ވަޑައިގަންނަވާށެވެ.
މިއީ ފަސޭހަ ކަމާއި ފެޝަން ގުޅުވާލަދޭނެ ހައްލަކަށް ވާނެކަން ޔަގީނެވެ.