އައި ކެއާ

އައިކެއަރގެ ސްކޫލް ޗުއްޓީ ޕްރޮމޯޝަން "ފަހެތިން އެކަތި" ފޯރީގައި ކުރިއަށް

Jul 24, 2023

ސްކޫލް ޗުއްޓީއަށް އައިކެއަރ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން "ފަހެތިން އެކަތި" ބޮޑު ތަރުހީބަކާ އެކު ކުރިއަށް އެބަދެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު ސުންގަޑި މިދަނީ ގާތްވަމުންނެވެ. މިއީ އަގުހުރި ފުރުސަތަކަށް ވާތީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިފުރުސަތުގެ ބޭނުން ހިފައި، މި ޕްރޮމޯޝަންގެ ހާއްސަ ޑިސްކައުންޓް އޮފާތައް އަވަހަށް ތަޖުރިބާ ކޮއްލާށެވެ.

ތަފާތު ފަސް އޮފަރ ހިމެނޭ މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްތަކާއި ހިލޭ އައިނު ހެއްދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

އޮފަރ ހިމެނޭ ޕްރޮމޯޝަން

  • އަވި އައިނާއި ނަމްބަރު އައިނު ދުނިގަނޑުން 50 އާއި ހަމައަށް ޑިސްކައުންޓް،
  • ވަކި އަދަދަކައްވުރެ ގިނައިން ވިޔަފާރި ކުރެއްވުމުން ދެވަނަ ނަމްބަރު އައިނު މުޅިން ހިލޭ،
  • ތިންވަނަ ނަމްބަރު އައިނުން 50 ޕަސަންޓުގެ ޑިސްކައުންޓް،
  • ޕްރޮގްރެސިވް ލެންސް ނަންގަވާ ބޭފުޅުންނަށް އައިނު ދުނިގަނޑު މުޅިން ހިލޭ،
  • ނޯވާ ބުރޭންޑުގެ ނަމްބަރު އަވި އައިނުން 50 ޕަސަންޓުގެ ޑިސްކައުންޓް

ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅުމުން ލިބޭނެ އެވެ.