އައި ކެއާ

ރޭ-ބެން ރިވަރސް ކަލެކްޝަންގެ އަވިއައިނު މިހާރު އައިކެއަރއިން ލިބޭނެ

އަވި އައިނު އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ، ރޭ-ބެންގެ "އިން ރިވަރސް ކަލެކްޝަން" އިންވާޓެޑް ލެންސް އަވިއައިނު ދައްކާލައިފި އެވެ.

އައްޑިހަ ހަ އަހަރުގެ ދިގު ތާރީހެއް އޮތް ކުންފުނިން އަލަށް ނެރުނު އައިނުތަކަކީ ކޮންވެކްސް ލެންސް ޑިޒައިންތައް ދޫކޮށްލުމަށްފަހު ދުނިޔޭގެ އެންމެ ފުރަތަމަ ކޮންކޭވް ލެންސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އައިނުތަކެކެވެ.

އެންމެ ފަހުން ރޭ-ބެން އިން ނެރުނު އައިނުތައް މިހާރު ވަނީ ކޮލެޓީ އައިނު ވިއްކުމުގައި އެންމެ ކުރީގައި އުޅޭ އައިކެއަރ އިން ރާއްޖޭގެ މާކެޓަށް ނެރެފަ އެވެ.

ކޮންވެކްސް ލެންސް ތަކަކީ އާންމުކޮށް ހުންނަ އައިނުތަކުގައި ލޮލާއި ދިމާލަށް ކުޑަކޮށް އެތެރެއަށްވާ ގޮތަށް ޑިޒައިން ކޮށްފައިވާ ލެންސް ތަކެވެ. އެކަމަކު އަލުން ނެރުނު އައިނުތަކުގައި ބޭނުން ކޮށްފައިވާ ކޮންކޭވް ލެންސް ތަކަކީ މެދަށް ކުޑަ ބަނޑިއެއް ލުމަށްފަހު މައްޗާއި ތިރިން ލޮލާއި ދުރަށް ޑިޒައިން ކޮށްފައި ހުންނަ ލެންސް ތަކެވެ. މިސާލަކަށް ޕޮޓޭޓޯ ޗިޕްސް އަކަށް ބައްލަވާށެވެ.

ރޭ-ބެން އިން ބުނާ ގޮތުގައި މިއީ ސްޓައިލް ބަދަލުކޮށްލުމުގެ އިތުރަށް ކޮންމެ މީހެއްގެ ކޯތާފަތުގެ ބައްޓަމަށް ހެޔޮވަރު ކޮށްލެވޭ "ޔުނިވަރސަލީ ފްލެޓަރިން ފިޓެއް" ކަމަށެވެ.

ރިވަރސް ކަލެކްޝަންގައި ރޭ-ބެންގެ މަޝްހޫރު ފްރޭމް ސްޓައިލްތަކުގެ ތެރެއިން ހަތަރު ސްޓައިލެއް ހިމެނެ އެވެ. އަދި މި ސްޓައިލްތައް އައިކެއަރ އިން މިހާރު ލިބެން އެބަހުއްޓެވެ.

ރިވަރސް ކަލެކްޝަންގެ އެންމެ ބޮޑު ކާމިޔާބީ އަކީ ލިބިގެންދާ ރަނގަޅު ވިޝުއަލް އެކްސްޕީރިއަންސް އެވެ.

މި ކުރިއެރުމަކީ ފެޝަން ސްޓޭޓްމަންޓެއް ހެދުމުގެ އިތުރުން ހާއްސަ ސާފުކަމެއް ފޯރުކޮށްދޭ އަވިއައިނު ހޯދަން ބޭނުންވާ ފަރާތްތަކަށް ގޭމް ޗޭންޖަރަކަށް ވާނެ އެވެ.