އެސްޓީއޯ

އެސްޓީއޯ "ޔޫރޯ ފޯރި" ޕްރޮމޯޝަން ފަށައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ އެއްޗަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެ އެވެ. ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަ ސިސްޓަމް, ހެޑްފޯން އަދި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރެވެ.

މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް 50,000 ރުފިޔާގެ އިނާމެއް ލިބެ އެވެ.

ޔޫރޯގައި ކުޅޭ ކޮންމެ މެޗެއްގެ ނަތީޖާ ދިމާކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލުމަށް ހަމަޖެހިފައިވެ އެވެ.

ނަތީޖާ ދިމާކުރާ ފަރާތްތަކަށް ލިބޭ އިނާމު:

  • ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް – ހޯމް ތިއޭޓަ ސިސްޓަމެއް.
  • ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް – 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަ ސިސްޓަމެއް.
  • ކުއާޓަ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް – 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަ ސިސްޓަމެއް.
  • ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ މީހަކަށް – 65 އިންޗީގެ ޓީވީއެއް.

އެސްޓީއޯ އިން ބުނީ ކޮންމެ ބުރެއްގައިވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ މީހަކު ހޮވާނީ ގުރުއަތުން ކަމަށެވެ.