ޓޫރިޒަމް

މެލޭޝިއާގައި "މޯލްޑިވްސް ޓްރެވަލް ޓޯކް" ބާއްވައިފި

އެމްއެމްޕީއާރްސީ އިން މެލޭޝިއާގައި "މޯލްޑިވްސް ޓްރެވަލް ޓޯކް 2016"ގެ ނަމުގައި ހަފްލާއެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންއާއި ގުޅިގެން މި އިވެންޓެއް ބޭއްވީ މެލޭޝިއާގެ ރައްޔިތުން ތެރޭގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ކަމަށާއި ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތާރީހު ދިނުމަށް ކަމަށެވެ. މި ހަފްލާ ކުރިޔަށް ދިޔައީ ކުއަލަ ލަމްޕޫރުގައި ހުންނަ އެމްބީއެސް ކޮމިއުނިޓީ ސެންޓަރުގައެެވެ.

މޯލްޑިވްސް ޓްރެވަލް ޓޯކްގައި މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ފަހްމީ ހަސަން ވާހަކ ދެއްކެވި އިރު ރާއްޖޭގެ ޓޫރިޒަމްއާ ގުޅޭގޮތުން ކުޑަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައިލި އެވެ. އެއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ގޮތުން ސުވާލު އެހުމުގެ ފުރުސަތުވެސް ހުޅުވާލި ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފި އެވެ.

މި ހަފްލާގައި މެލޭޝިއާގެ ރައްޔިތުންގެ އިތުރުން އެގައުމުގައި ދިރިއުޅޭ ރާޢްޖޭގެ ކިޔަވާ ކުދިން ބައިވެރިވި އެވެ.