ޓޫރިޒަމް

ހަނިމާދޫ ކައިރީ ބިލިއަން ޑޮލަރުގެ ރިސޯޓެއް

ހަނިމާދޫ ކައިރީގައި އަޅަން ނިންމާފައިވާ ރިސޯޓުގެ ކުރެހުމެއް
100%
0%
0%

ދުބާއީގެ އެންމެ ވަރުގަދަ އެއް ރިއަލް އެސްޓޭޓް ކުންފުނި -- ސަމަނާ ޑެވެލޮޕާސް އިން ހދ. ހަނިމާދޫ ކައިރީގައި އަގުބޮޑު ރިސޯޓެއް އަޅަން ނިންމައިފި އެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ރިސޯޓް ހެދުމަށް ކުރާ އިންވެސްޓްމަންޓްގެ އަގު 598 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ވާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރައިގެން 20 މިނެޓުން ދުއްވާފައި ދެވޭ ދުރުމިނުގައި ހަދާ މި ރިސޯޓްގައި 1އެކި ވައްތަރުގެ 90 ރޫމު ހުންނާނެ ކަމަށްވެ އެވެ. އޭގެތެރޭގައި ބީޗްފްރަންޓް ވިލާތަކާއި، ވޯޓަ ބަންގަލޯ އަދި ޕޫލްސައިޑް އެޕާޓްމަންޓްތައް ހިމެނެ އެވެ.

މީގެ އިތުރުން މި ރިސޯޓުގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ސްޕާއަކާއި، ވެލްނަސް ސެންޓަރެއް، އަރަބި އަދި ޖަޕާނުގެ ރެސްޓޯރަންޓްތައް، ޑައިވިން ސެންޓަރާއި މޫދު ކުޅިވަރުގެ ފަސޭހަތައް އަދި ގިނަ ޕޫލްތަކާއި ފިޓްނަސް ސެންޓަރެއް ހިމެނެ އެވެ.

މި ރިސޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ތިމާވެށީގެ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ. އެގޮތުން މުރަކަ އާލާކުރުމުގެ ހަރަކާތްތައް ރިސޯޓުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ރިސޯޓް ނިންމާ އޮޕަރޭޝަނަށް ނެރުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910