އެމްއެންޑީއެފް

ސިފައިންގެ އާއިލީ ހަވީރު މާދަމާ ޖުމްހޫރީ މައިދާނަށް

ސިފައިންގެ 124 ވަަނ އަހަރީ ދުވަސް ފާހަގަކުރަން މާލޭގައި ބާއްވާ އާއިލީ ހަވީރު މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖައްސައިި އެވެ. މާދަމާ އާންމުނަށް ހުޅުވާލައިގެން ބާއްވާ އާއިލީ ހަވީރު ކުރިއަށް ދާނީ ހަވީރު 4:00 އިން ފެށިގެން އިރު އޮއްސެން ދެނެވެ.

އެމްއެންޑީއެފުން ބުނީ މި އާއިލީ ހަވީރުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާއިރު ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ކުޅިވަރުތަކާއި ސިފައިންގެ ޔުނިޓްތައް ރަމްޒުކޮށްދޭ ސްޓޯލްތަކާއި ތަފާތު މޫދު ކުޅިވަރުތައް ދައްކާލާނެ ކަމަށެވެ.

މީގެ އިތުރުން ކޯސްޓްގާޑް ޝިޕްތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ސްޓޭޖް ޝޯއެއް ވެސް އޮންނާނެ އެވެ.