LIVE UPDATES

މޯލްޑިވިއަން އައިޑޮލް އަކީ ލައިޝާ!

Updated:
2
  • މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް 250،000ރ.
  • އޭގެ އިތުރަށް ފަސް މިލިއަން ރުފިޔާގެ އިނާމް ފައިނަލިސްޓުންނަށް
  • މިރޭގެ ޝޯގައި އަބިޖީތު ބަޓަޗަރްޔާގެ ލައިވް ޕާފޯމެންސެއް

މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މޯލްޑިވިއަން އައިޑޮލް އަކީ ފްރެންޗައިޒް އުސޫލުން ރާއްޖެ އަށް ތައާރަފްކުރި މިފަދަ ފުރަތަމަ ޓީވީ ޝޯ އެވެ. ޝޯގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަކަށް ޕީއެސްއެމް އިން 250،000ރ. ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ގަދަ ތިން ފައިނަލިސްޓުންނަށް ޝޯގެ ސްޕޮންސަރުން ހުށަހަޅާފައިވާ އިނާމްގެ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެހެންކަމުން މިއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަދި ޓީވީގެ ތާރީޚުގައި ވެސް ފެނިގެންދާނެ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ވެސް ރަނގަޅު ޝޯ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގައި މިރޭ ތިން ފައިނަލިސްޓުން ލަވަ ހުށަހަޅައިދޭނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާ އެކުގަ އެވެ. މީގެ އިތުރުން ޝޯގެ ތިން ޖަޖުންނާއި އިތުރު މިއުޒީޝަނުންނާ އެކު ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަބިޖީތު ބަޓަޗަރްޔާ ވެސް މިރޭގެ ކުލަގަދަ ޝޯ އިން ފެނިގެންދާނެ އެވެ.

ރެޑް ކާޕެޓްގައި މިރޭ ނުވައެއް ޖަހާއިރު ފަށާއިރު ފަށާ މި ޝޯގެ ޝަރަފްވެރި މެހްމާނަކީ ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސޮޕޮންސަރަކީ ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ ލޮޓަސް، ވަޓިކާ، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވިއަން އެވެ.

މޯލްޑިވިއަން އައިޑޮލް އަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.

މޯލްޑިވިއަން އައިޑޮލް ހޮވަނީ، ޝޯގެ ތިން ޖަޖުންގެ 50 ޕަސެންޓް ވޯޓާއި އާންމުންގެ 50 ޕަސެންޓް ވޯޓުންނެވެ.