LIVE UPDATES

ގިނަ ފޮށިތައް ގުނައިފި، ކުރީގަ މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވެއްޖެ އެވެ. ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބުނުއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލުމުގެ ހައްގު ލިބުނެވެ.

މިއިންތިހާބުގައި ވޯޓުލުމަށް 586 ވޯޓު ފޮށި ބެހެއްޓި އެވެ. ވޯޓު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުން ގުނަން ފަށާނެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.