އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި ސަބަބު ހޯދުމަށް ދިރާސާ މަސައްކަތްތަކެއް އެ ޕާޓީން ފަށައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ.
އިންތިހާބުތައް ގެއްލުނުތައް ގެއްލުނު ގޮތާ ބެހޭ ދިރާސާ ކުރާ ކޮމިޓީން މިއަދު ވަނީ ނިމިދިޔަ ދައުރުގެ މާލޭ ދާއިރާގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން އެ ކޮމިޓީން ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާވެސް ބައްދަލުކުރައްވާފަ އެވެ.
ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އަތޮޅުތަކުގައިވެސް މި ދިރާސާގެ ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވިއިރު މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީއށް ކާމިޔާބު ކުރެވުނީ އެންމެ 12 ދާއިރާ އެވެ.
މަޖިލިސް އިންތިހާބުގައި ނާކާމިޔާބުވީ ނަމަވެސް ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފަ އެވެ.