ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި އޮތީ ތުރުކީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އަސަދުގެ ވެރިކަން ވެއްޓެން މެދުވެރި ގޮތާއި، އެ ވެރިކަން ވައްޓާލުމުގެ ހުރިހާ މަރުހަލާތަކެއް -- ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ސީރިއާގެ ހާލަތު ދެން ބަދަލުވެގެން ދާނީ ކޮން ގޮތަކަށްކަން އެކަކަށް ވެސް ނޭނގޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ވެރިކަން ވައްޓާލުމުގައި އެ ފަރާތުގައި އޮތީ ތުރުކީ އަދި އަނެއް ފަރާތުގައި ވެސް ކޮންމެވެސް ބަޔަކު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަސަދުގެ ސަރުކާރު ވައްޓާލުމަކީ ތުރުކީ އެދިއެދި އޮތް ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަމެއް ނުކުރެވިގެން ތުރުކީ އެތައް އަހަރެއް ހޭދަކޮށްފި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުރުދުޣާން އަކީ އަކީ ވަރަށް ބޯބޮޑު ލީޑަރެއް ކަމަށާއި ވެރިކަން ކުރެވޭނީ އެކަހަލަ ސްމާޓް މީހުންނަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ސީރިއާ އަކީ އެމެރިކާއަށް ވެސް ރައްޓެހި ގައުމަކަށް ވާން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މަސްރަހު މިހާރު އެ އޮތީ އެންމެ ރަނގަޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.