އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށްފަހު އެކަމުން އަރައިގަތުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިރޭ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ތެރެއިން އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.

އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ ސުޕަމެޖޯރިޓީ ހޯދާފަ އެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުން ވަނީ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.