LIVE UPDATES

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހް ކަށަވަރުކުރައްވައިފި

Updated:
3
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް އިބްރާހީމް ސޯލިހް ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ -- ފޮޓޯ: އަވަސް
50%
0%
50%

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ ބޮޑު ތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިިފި އެވެ.

މި ޕްރައިމަރީ އަކީ ކުރިއަށް އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީ އެކެވެ. އަދި މިއީ ރާއްޖޭގެ ތާރީހްގައިވެސް ވެރިކަމުގައި ހުންނެވި ރައީސަކު ޕްރައިމަރީއެއްގައި ވާދަކުރައްވައިގެން ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވި ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް އެއްމަސް ދުވަހުގެ ޖޯޝުން ފުރިގެންވާ ވަރުގަދަ ކެމްޕޭނަކަށް ފަހު މިއަދު ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވަނީ 24،596 ވޯޓު ކާމިޔާބުކުރައްވާފަ އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 61.10 އިންސައްތަ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 38.90 އިންސައްތަ ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ދިން ވަގުތު ހަމަވުމުން ބައެއް ވޯޓު ފޮށިތައް ބަންދުކޮށް މިހާރު ގުނަން ފަށައިފި އެވެ. ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފެށި ނަމަވެސް ބައެއް މަރުކަޒުތަކުގައި ވަގުތު ހަމަވިއިރު ވެސް ބައެއް މީހުން ވޯޓުލާން ކިޔުގައި ތިބުމުން އެފަދަ މީހުން އަދިވެސް ދަނީ ވޯޓުލަމުންނެވެ. ވަގުތު ހަމަވިިއިރު 45،000 އެއްހާ މީހުން ވޯޓުލާފައިވެ އެވެ.

އެމްޑީޕީގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވިއިރު އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 58،175 މީހުންނެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީގައި މިއަދު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ. މި ޕްރައިމަރީގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ޖުމްލަ 283 ވޯޓު ބަހައްޓާފައިވެ އެވެ.

އެމްޑީޕީގެ މީގެކުރިން ވާދަވެރި ޕްރައިމަރީއެއް ބާއްވާފައިވަނީ އޭޕްރީލް 23، 2008 ގައެވެ.

Auto Refresh in 30 seconds
29 Jan 01:44
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅޭގޮތުން އަވަސްގެ ނޫސްވެރިޔާ މަރިޔަމް އަފާ ނިޒާމު ފަހުގެ މައުލޫމާތު ހިއްސާކުރައްވަނީ
29 Jan 01:39

ޕްރައިމަރީ ކާމިޔާބުކުރައްވާ ރައީސް ސޯލިހް އުފާފާޅުކުރެއްވުން

29 Jan 01:27
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ހޯއްދެވި ބޮޑު ކާމިޔާބާ ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމު މަރުހަބާ ވިދާޅުވެއްޖެ
28 Jan 22:36
ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރުމާއި ގުޅިގެން ބާއްވާ އުފާ ފާޅުކުރުން -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް
28 Jan 22:33
އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ޖަގަހަ ކައިރިޔަށް ރައީސް ސޯލިހު އަދި އެމަނިކުފާނުގެ ސަޕޯޓަރުން އެއްވެ އަންނަނީ އުފާ ފާޅުކުރަމުން.
28 Jan 21:53
ރައީސް ސޯލިހުގެ ކާމިޔާބު ފާހަގަކުރުމުގެ ގޮތުން އެންމެހާ ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ވަޑައިގަތުމަށް ގޮވާލައިފި.
28 Jan 21:13
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވައި އުފާ ފާޅުކުރުމުގެ ގޮތުން ރައީސް ސޯލިހު އިސްކަންދަރު ސުކޫލު ކުރިމަތީގައި ހުންނަ ޖަގަހައަށް ވަޑައިގެންފި.
28 Jan 21:09
28 Jan 20:59
ނަތީޖާ ޝީޓްތައް ބަލަމުން ދާއިރު ވޯޓު ދިނުމުގެ ހައްގު ލިިބިފައިވާ މީހުންގެ އަދަދަށް ވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ފާހަގަވަމުންދާކަމަށް ރައީސް ނަޝީދުގެ ކެމްޕެއިނު އެޖެންޓް ހަސަން ލަތީފް ވިދާޅުވެއްޖެ.
28 Jan 20:44
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ގްރޫޕްތަކަށް ރައީސް ނަޝީދު ފޮނުއްވާފައިވާ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އެމަނިކުފާނުކަމަށް.
3 comment
Sign in or register to be part of avas community

39911

ގެއްލިފަ އޮއްވަތޯ ހޯދީ ހޯދީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަނދިރި ކަމުގެ ތެރޭގަ

އަންނިޒަމް

އިބޫއަށް ރިޔާސީޓިކެޓް ހަވާލުކުރާ ރަސްމިއްޔާތަށް ނުދާނަމޯ ބޮޑާހާކާ އަންނި ބުނީ. އަންނިއަށް އޮންނާނީ ރާކަނިމަސް ކެވިފައި ކަމަށް ބައިވަރު މީހުން ބުނެފި

ހިނގާދަމާ

މާލެ ސަރަހައްދުން ގޯތި ބޭނުންވާ ވަތަންގެ އެންމެހާ ކަތުން ހިނގާށޭ މަމެންނާއި އެކު ނުވާނަމޭ ވަރުބަލި މަމެން މިއަހަރު މަޖްލީސް މެދުވެރިކޮށް ހިއްކަން ފަށާނަމޭ ހުޅުމާލޭ ހުޅަނގުން އޮތް ބޮޑު ފަޅު ހިއްކާ ދިރިއުޅުމަށާއި އަދި ވިޔަފާރި އަށާއި އަދި ސަރުކާރުގެ މުވައްސަސާ ތަކާއި ދައުލަތުގެ މުވަައްސަސާ ތަކަށް ބިންދޭނަމޭ މިއަހަރު ހިފާ މަމެން އަތުގައި ނުވާނަމޭ ވަރުބަލި ހިނގާ ރުވަން ފެންދީ އާރޯކުރަން އަންނި ޔާންޓޭ ގުޅުން ހިނގާ އުޖާލާ ކުރަން މިވަތަންގެ ކުރިމަގު ހިނގާ ފާގަތި ކުރަން މިވަތަންގެ އެންމެ ކަތުންގެ ދިރިއުޅުން ހިނގާ ބަހީ އާދޭ މަމެންނާއި އެކު އެކީގައި މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910