ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި

Feb 17, 2023
2
އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ރައީސް ސޯލިހާ ހަވާލުކުރައްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރި މިޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ޕާޓީގެ އިސް ބޭފުޅުން ބައިވެރިއެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. މިރޭވެސް އެމަނިކުފާނު މިކަމަށް ގޮވާލެއްވި އެެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ވިދާޅުވަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910