LIVE UPDATES

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް މިއޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. އެއްވަނަ ހޯދާ ބައިވެރިޔާ މިރޭ އެނގިން ދާނެ އެވެ. ގްރޭންޑް ފިނާލޭ އޮތީ މިރެ އެވެ. ގަދަ ތިން ބައިވެރިން ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދުގެ ތެރެއިން ޓައިޓަލް އުފުލާލާނެ ބައިވެރިޔަކީ ކާކުތޯ ބެލުމަށް މުޅި ރާއްޖެ މިހާރު އޮތީ ކެތްމަދުވެފަ އެވެ.

މި ބޮޑު ރެއަށް ޕީއެސްއެމް އާއި އައިޑޮލްގެ މުޅި ޓީމް އޮތީ ތައްޔާރަށެވެ. ބެލުންތެރިން ހައިރާންކޮށްލައި، ބެލުންތެރިންގެ އުއްމީދުތަކަށް ވާސިލުވުމަށް އަތުކުރި އޮޅާލައިގެންނެވެ. މިރޭ ގްރޭންޑް ފިނާލޭ އޮންނައިރު މިރޭއަކީ ވަރަށް ހާއްސަ ރެއަކަށް ވާނެ އެވެ. އައިޑޮލްއިން ގިނަ ކަންތައްތަކެއް މިރޭ ފެނިގެންދާނެ އެވެ. ސަޕޯޓަރުން އުއްމީދު ކުރަންވީ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.

މިރޭ އައިޑޮލްގެ ޝޯ ފެށޭނީ 9:00 ގަ އެވެ. އޭގެ ކުރިން ވަރަށް ޗާލު ރެޑް ކާޕެޓް ފެނިގެންދާނެ އެވެ. ރެޑް ކާޕެޓް ފެށޭނީ މިރޭ 8:15 ގަ އެވެ.