ފެޝަން

އައިޑޮލް ފިނާލޭގައި އެންމެ ރީތިކޮށް ހެދުން އެޅީ ކާކު؟

ގްރޭންޑް ފިނާލޭއަށް އެންމެ ރީތިކޮށް ހެދުން އަޅާފައި ކަމަށ ގިނަ ބަޔަކު ބުނި ތިން ފަރާތް: ޝާޔަން، އައްފާން އަދި އުނޫޝާ
0%
0%
0%

ގައުމީ ފިލްމު އެވޯޑް ފަދަ ރެޑް ކާޕެޓު މަތީގައި ރީތި ހެދުމެއް ލައިގެން ހިނގާލުމުގެ ފުރުސަތު ލިބޭ އިވެންޓުތައް ރާއްޖޭގައި ވަރަށް ވެސް މަދެވެ. މިފަދަ ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު ރީތި ހެދުންތަކެއް ފެނިގެންދެ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގްރޭންޑް ފިނާލޭގައި ވެސް މިވަނީ ރެޑް ކާޕެޓު މަތިން ރީތި ހެދުންތަކެއް ފެނިގެން ގޮސްފަ އެވެ. ނަމަވެސް އެންމެ ރީތި ހެދުން އެޅީ ކޮންބައެއްތޯ ބަލައިލާނަމެވެ.

މާ ގިނަ ހެދުންތަކެއް އެރޭ ފެނިގެނެއް ނުދެ އެވެ. ނަމަވެސް ފެނިގެން ދިޔަ އެންމެ ރީތި ހެދުންތަކުގެ ތެރޭގައި ހިމެނެނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދުގެ ހެދުމާއި، މޯލްޑިވިއަން އައިޑޮލްގެ ޖަޖު މަރިޔަމް އުނޫޝާގެ ހެދުން އަދި އައިޑޮލްގެ ހޯސްޓު ލަމްހާ ލަތީފްގެ ހެދުމެވެ.

ރެޑް ކާޕެޓް މަތިން ހެދުންތައް ފެންނަން ފެށުމާއެކު ސޯޝަލް މީޑީއާގައި ހެދުންތަކަށް ތައުރީފް ކުރުމާއި ފާޑުކިއުންތައްވަނީ ފެށިފަ އެވެ. ރޭ އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ ޝާޔަންގެ ހެދުމެވެ. ޝާޔަން ރޭ ލައިގެން ހުރީ ކްރީމް ކުލައިގެ ދިގު ހެދުމެކެވެ. ލޭސް އަތަކާއެކު ލޭސް ޖެކެޓެއް ގޮތަށް ހެދުމުގެ މަތީގައި ވަނީ ޑިޒައިން ކޮށްލާފަ އެވެ. އަދި ހެދުމާ ގުޅޭ ކަހަލަ ހިމަ ބެލްޓެއްވެސް ބޭނުންކޮށްފައިވެ އެވެ. ޝާޔަންގެ ހެދުން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ލަމްހާ ބޭނުންކޮށްފައިވާ ހެދުމަށްވެސް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ. ލަމްހާ ރޭ ބޭނުންކޮށްފައިވާ ހެދުމަކީ ޑިސްކޯ ފޮތީގެ ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ގިނަ ބަޔަކަށް ލަމްހާގެ ހެދުން ކަމުގޮސްފައިވަނީ ހެދުމުގެ އެއް ފަރާތަކުން ބޭނުންކޮށްފައިވާ ލޭސް ފޮތީގެ ސަބަބުންނެވެ.

މަރިޔަމް އުނޫޝާގެ ހެދުމަށްވެސް ގިނަ ތައުރީފްތަކެއް ވަނީ ލިބިފަ އެވެ. އުނޫޝާ ރޭ ފެނިގެން ގޮސްފައިވަނީ ޑަންގޭރީ ހެދުމެއްގަ އެވެ. ހެދުމުގެ ފަހަުން ކޮނޑުމަތިން ހެދުމުގެ ފޮތިގަންޑެއް ދޫކޮށްލާފައި އޮތުމުން ހާއްސަ ގޮތެއް ފާހަގަކުރެވޭ ކަމަށް ގިނަ މީހުން ބުނެ އެވެ.

ފިރިހެން އެންމެ ރީތި ހެދުމެއް ކަމަށް ގިނަ ބަޔަކު ނިންމީ ޖަޖު އިސްމާއިލް އައްފާންގެ ހެދުމެވެ. އައްފާން ހުރީ އަޅި ކުލައިގެ ކޯޓު ފަޓުލޫނެއްގަ އެވެ. ހުދު ގަމީހަކާއެކު ރަތް ޓައީއެއް ބޭނުންކޮށްފައި ހުރުމުން އޮފިޝަލް އަދި ރީތިގޮތެއް ހުރި ކަމަށް ގިނަ މީހުން ބުންޏެވެ.

ޖަޖު އިބްރާހިމް އަލީ (ކުޑަ އިއްބެ)ވެސް ހުރި ކޯޓު ފަޓުލޫނުގަ އެވެ. އައްފާން އާ ތަފާތުކޮށް އިއްބެ ހުރީ ކަޅު ކުލައިގެ ކޯޓު އަދި ފަޓުލޫނެއްގަ އެވެ. އޮފިޝަލް ޓައީއެއްގެ ބަދަލުގައި ބޭނުންކޮށްފައި ހުރީ ސިލްވާ ކުލައިގެ ފޮތިކޮޅަކުން ޓައީއެއް ހަދާލާފަ އެވެ.

ކޮންމެއަކަސް ރޭ މިވަނީ ރީި ހެދުންތަކެއް ފެނިގެން ގޮސްފަ އެވެ. ތިބޭފުޅުންނަށް އެންމެ ރީތި ހެދުމަކާއި ބެހޭ ގޮތުން އަދިވެސް ކޮމެންޓް ކުރަމުން ގެންދާށެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބިއްލޫރި ހެދުން

އަންހެން ވެރިން ހުސް ބިއްލޫރި ދެފުއްފެންނަހެދުން....ވިސްނާ ފިކުރުކުރޭ އަދިވެސް ދުވަހެއް އޮތްކަން، މި ކިޑީއެކޭ ކިޔާ އެއްޗަކުވެސް ފަރަންޖީ ވާންވެގެން ހަދާފަ ނަހަދާނެގޮތެއް ނޭންގިގެން އުޅޭކަހަލަ، ތިއްތި ވެލާގެން އައިސް އިންނައިރު ހީވަނީ ތެލުލާފަ އިންނަ ހޯނެއްހެން......

ދޮންކަތްދާ އުމުރުު 51 ޕުލީޒް އިނގޭ ...

ހަމޫދުދޯ؟ ވާސަޅި ބޭނުން ދިމާވެލަން ދީބަލަ ފުރުސަތެއް !1

އިބްރާހީމް

ކޮބައިތަ ލަދުޙަޔާތް...؟ ރީތިކޮށް ހެދުންއެޅީއޭ ކިޔާފައި، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ މުޅިން ޚިލާފަށް.... ފާޑެއްގެ ހެދުމެއް އަޅައިގެން....

ސަންފަ

ވަރަށް ހަޑި، އަންހެނުންގެ އިސްލާމިކް އެއްވެސް ހެދުމެއް ނެތް ތިތާނގަ☹

ގާރލް7

ބެސްޓް 3 ގެ ތެރެއިން އެންމެ ރީތިކޮށް ހެދުންއަޅާ އެންމެ ސްމާރޓްކޮށް އަދި އެންމެ ރީތި މޮޑެލް ޕޯސްގައި ހުރީ މިފަހަރުގެ އައިޑޮލްއިން އެންމެ ބޮޑު އިމްޕްރޫވްމެންޓެއް ދެއްކި ހަމޫދު. ބަޔަކަށް ފަހަރެއްގައި މިކަން ހަޖަމް ނުވެދާނެ. ޖަޖުންގެ ތެރެއިން އަބަދުވެސް އެންމެ ރީތިކޮށް ހެދުންއަޅާ ކަމަށް ފާހަގަކުރެވެނީ އައްފާން!!!

ސީމާ

ޝާޔަން ގެ ހެދުން ވަރެއް ނެތް.އެންމެ ހަޑީ އުނޫޝާ ގެ ހެދުން

ފާތް

އަހަންނަށް ހަމަ އެންމެ ރީތީ އައްފާން ހެދުން އަޅާގޮތް.

މަ

ބެލުނތހެރިނގެ ހެދހުނ

ސުރައްޔާ

އައިޑޮލް ފެށުނީއްސުރެން ނިމެންދެން އެންމެ ސާދާ ކޮށް ހެދުން އެޅީ ޖަޖު އައްފާން... ވަރަށް ސަޅި

ޙަޑި

ޅަމްގެ ހެދުން ވަރަށް ހުތުރު

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910