އެސްޓީއޯ

އެސްޓީއޯ ގޭހުގެ އަގު އަންނަ މަހު ހެޔޮ ކުރަނީ

May 23, 2016
1

އެސްޓީއޯގެ މޯލްޑިވް ގޭހުގެ އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ ގޭހުގެ އަގު ހެޔޮ ކުރަން ނިންމާފައި ވަނީ އަންނަ ޖޫން މަހުން ފެށިގެން ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ގޭހުގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ ތިން މަސް ކުރިންނެވެ. އެއީ ވިއްކާ 10 ކިލޯ ގޭސް ފުޅިން 15 ރުފިޔާ އަގު ހެޔޮ ކުރަން ނިންމި ނިންމުމެވެ.

މޯލްޑިވްސް ގޭސް އިން ދާދި ފަހުން ވަނީ ހުޅުމާލޭގައި ފިހާރަޔަކާއެކު ސާވިސް ސެންޓަރެއް ވެސް ހުޅުވާފަ އެވެ.