ހަބަރު

ފުލުންނަށް ރައީސް ނަޝީދު ކަނޑައިލި އެލަވަންސް ދޭން ފަށައިފި

Feb 17, 2015

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ފުލުހުންގެ ކަނޑާލާފައި އޮތް ދިގުމުއްދަތުގެ  އެލަވަންސް އަލުން ދޭން ފަށައިފި އެވެ.

މި އެލަވަންސް ދެނީ ފުލުހުންގެ ހިދުމަތުގައި 10 އަހަރުވެފައިވާ ފުލުހުންނަށެވެ. ދިހަ އަހަރު ދުވަސްވީ ފުލުހުންނަށް އެމީހަކު ވަޒީފާ އަދާ ކުރި މުއްދަތައް ބަލައި މުސާރައިގެ ނިސްބަތުން ޕަސެންޓެއް ހިމެނޭ ގޮތަށް ދެ،މުން އައި އެލަވަންސް އަލުން ދޭން ފެށިގެން ނަމަވެސް ފުލުހުން އެކަމާ ބެހޭ ގޮތުން ބަހެއް ނުބުނެ އެވެ.

ނަޝީދުގެ ސަރުކާރުގައި މި އެލަވަންސް ކަނޑައިލުމުގެ ފުލުހުންގެ ތެރޭގައި އެދުވަސްވަރު ހިތްހަމަނުޖެހުންތައް އުޅުނެވެ.