ޓޫރިޒަމް

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމް ފެސްޓިވަލް ފަށައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމް ފެސްޓިވަލް ރޭ ފަށައިފި އެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގެ ތީމަކީ "ފޮލޮވިން ދަ އީކްއޭޓާ" އެވެ. ތިން ދުވަހުގެ މުއްދަތަށް އިރުފުށި ރިސޯޓުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރިން ބައިވެރިވެ އެވެ.

މި ފެސްޓިވަލްގައި އަތްތެރި މަސައްކަތްތައް ދައްކާލުމުގެ މައުރަޒަކާއި، އެކި ކަހަލަ މުބާރާތްތައް، ޔޯގާ، އަދި ކައްކާ ކްލާސްތައް ފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް މި ފެސްޓިވަލް ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް މޯލްޑިވްސް (އައިޓީއެފްއެފްއެމް) އިން މައުލޫމާތުދެ އެވެ.

މި ފެސްޓިވަލްގައި 200 ފިލްމެއް ހުށަހަޅާފައިރު އެއް ވަނަ އަށް ފިލްމަކަށް 20،000 އެމެރިކާ ޑޮލަރުގެ އަގު ހުރި ޕެކޭޖެއް ވަނީ ހުށަހަޅައިފަ އެވެ.

މި ފެސްޓިވަލަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ބޭރުގައި ޕްރޮމޯޓް ވެގެންދާނެ ކަމަށް އައިޓީއެފްއެފްއެމް އިން މައުލޫމާތުދެ އެވެ.