ހަބަރު

ބެޑް ޓެކްސް ޝީޓް ހުށަނޭޅުމުން ކުރި ޖޫރިމަނާ ދައްކަން ހުކުމްކޮށްފި

Feb 17, 2015

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅަންޖެހޭ ބެޑް ޓެކްސް ޝީޓް ހުށަނޭޅުމުން ކުންފުންޏަކަށް އައި ޖޫރިމަނާގެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެ ހުކުމްކުރީ އިންޓަލިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މީރާއިން އެ ކުންފުނި ޖޫރިމަނާކުރީ އޮގަސްޓް 2008 އިން ފެށިގެން 2009 އަށް ބެޑް ޓެކްސް ޝީޓް ހުށަނޭޅުމުންނެވެ.

ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވަނީ އޭގެ ޖޫރިމަނާއަށް ވާ 35،000ރ. އެދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.