ހަބަރު

ނާޒިމް ދޫކޮށްލަން މަހްލޫފް ގޮވާލައްވައިފި

Feb 21, 2015
3

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ނާޒިމް ދޫކޮށްލަން މަހްލޫފް ގޮވާލެއްވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ވަނީ ނާޒިމް ފްރޭމްކޮށްފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މަހްލޫފް މިއަދު އެގޮތަށް ޓްވީޓް ކުރެއްވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތްކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އޭނާ ޖޭޕީއާ ގުޅިފައިވާ ކަމަށް ބުނެ އަޑުފެތުރެމުންދާއިރު ޖޭޕީއަށް އޭނާ ގުޅެން ނިންމާފައިވާ ކަމަށް ވެސް އަޑުތައް ދަނީ ފެތުރެމުންނެވެ. އެކަމާ ގުޅޭގޮތުން މަހްލޫފް މިހާތަނަކަށް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ޕީޕީއެމަށް ނިސްބަތްވި ނަމަވެސް މިހާރަކަށް އައިސް ޕީޕީއެމްގެ ގިނަ ހަރަކާތްތަކުން މަހްލޫފް ފެންނަނީ ވަރަށް މަދުންނެވެ.