ހަބަރު

މޮޅު ނޫސްވެރިޔާ ހޮވުމުގެ ބަދަލުގައި މިއަހަރު ދޭނީ ނޫސްވެރިކަމުގެ އިނާމު: މީޑިއާ ކައުންސިލް

Feb 22, 2015
1

މީޑިޔާ ކައުންސިލްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގައި ނުވަ މަސް ދުވަހު މަސައްކަތް ކޮށްފައިވާ ނޫސްވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ކުރީ އަހަރު އިނާމު ދިނީ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ. އެކަމަކު މި ފަހަރު އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއެއް ނުހޮވާނެ. މީގެ ބަދަލުގައި ތިން ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދޭނީ،" މޮންދު ވިދާޅުވި އެވެ.

މި އަހަރުގެ އިނާމު ދެނީ ޓީވީ އާއި ރޭޑިއޯ އަދި ޕްރިންޓް މީޑިޔާ އާއި އޮންލައިން މީޑިޔާގެ ތެރެއިންނެވެ. މި ދާއިރާތަކުން އެވޯޑަށް ކުރިމަތިލާ ނޫސްވެރިންގެ، ނަން ހުށަހެޅުމުގެ ފުރުސަތު މާޗް 22 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

މޮންދު ވިދާޅުވީ ނޫސްވެރިކަމުގެ އިނާމު ދޭ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި އަހަރު ވެސް ސްޕޮންސަރުންގެ ފަރާތުން ދަނީ އިނާމުތައް ހުށަހަޅަމުން. ކައުންސިލުންދޭ އެވޯޑަކާއި ފައިސާގެ އިނާމު ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.