އިލެކްޝަންސް ކޮމިޝަން

ގައުމުތަކުގައި އިންތިހާބުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އީސީއިން ހޯދަނީ

Oct 2, 2016

ބޮސްނިއާ އަދި ހަޒްގޮވިނާ ގައި ކުރިއަށްދާ އިލްކެޝަން ވިޒިޓާ ޕްރޮގްރާމްގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައިވެރިވެއްޖެ އެވެ.

އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭވެބް) އިން އިންތިޒާމު ކޮށްގެން މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބޮސްނިއާ އަދި ހަޒްގޮވިނާ ގައި ކުރިއަށްދާ އިލްކެޝަން ވިޒިޓާ ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ނައިބް ރައީސް އަމްޖަދު މުސްތަފާ އަދި ސެކެރެޓަރީ ޖެނެރަލް އަހްމަދު އަލީ އެވެ.

ހަތް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބޮސްނިއާގެ އިންތިހާބު ކުރިއަށްދާ ގޮތާއި، އެހެން ގައުމުތަކުގައި މިފަދަ އިންތިހާބުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމުގެ އިތުރުން ރާއްޖޭގައި އިންތިހާބު އޮންނަ ގޮތް މި ގައުމުތަކަށް އޮޅުން ފިލުވަދީ މައުލޫމާތު ބަދަލުކުރެވޭނެ ކަމަށް އީސީއިން ބުނެ އެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ދެ ބައިވެރިންގެ އިތުރުން 17 ގައުމެއްގެ 32 ބައިވެރިން އަދި އޭވެބް ގެ 13 ބައިވެރިން އިންތިހާބު އޮބްޒާރވްކުރުމުގައި ބައިވެރިވެއެވެ.

މި ޕްރޮގްރާމް ގެ މަގްސަދަކީ އީސީއިން ބުނި ގޮތުގައި ތަފާތު އިލެކްޝަން ސިސްޓަމްތަށް ދެނެގަތުމާއި، އެކި ގައުމުތަކުގައި އިންތިހާބް ބާއްވާގޮތްތަކުގެ މައުލޫމާތާއި ތަޖުރިބާ ބައިވެރިންގެ މެދުގައި ހިއްސާކޮށް އިންތިހާބުތަކުގެ ޓްރާންސްޕޭރެންސީ އިތުރުކުރުމުވެ.