ވިޔަފާރި

އެސްޓީއޯ އިން "މަކިޓާ ހެއްޔާ" ޕްރޮމޯޝަން ފަށައިފި

Mar 2, 2015

އެސްޓީއޯއިން ފެށި މި ބޮޑު ޕްރޮމޯޝަންގައި މަކިޓާގެ އުފެއްދުންތަކުގެ އަގުތައް ވަނީ ހެޔޮކޮށްލާފަ އެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ މަކިޓާ ބްރޭންޑުގެ މަކްޓެކް ޕްރޮޑަކްޓްސްތައް ހާއްސަ އަގުތަކެއްގައި ވިއްކަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ހޯމް އިމްޕްރޫވްމަންޓުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މަކްޓެކް ޕްރޮޑަކްޓްތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މި ބްރޭންޑުގެ ދަށުން ވަޑާމާއި ހެވީލޯޑް ބޮޑެތި މަސައްކަތްތައް ކުރުމަށް ބޭނުންވާ ބައެއް އާލާތްތައް ވިއްކަ އެވެ.

މި ޕްރޮމޯޝަން މުޅިރާއްޖޭގައި ކުރިއަށްދާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން މަކިޓާގެ އިތުރުން ފިލިޕްސް ފަދަ މަޝްހޫރު ބްރޭންޑްތައް ވެސް ވިއްކަ އެވެ.