ހަބަރު

މަސްވެރިންގެ ދުވަހުގެ ހަފުލާ ބާއްވަން ޝައުގުވެރިވާ ރަށްތައް ހޯދަން އިއުލާނުކޮށްފި

Mar 4, 2015

މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޝައުގުވެރިވާ، މާލެއިން ދެކުނު ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މަސްވެރިންނާއި މަސްވެރި އާއިލާތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މިސިނާއަތުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އަގުހުރި ބުރަ މަސައްކަތްތަކަށް ތަރުހީބު ދިނުމުގެގޮތުން ސަރުކާރުން ކޮންމެ އަހަރަކު ފާހަގަކުރާ މަސްވެރިންގެ ދުވަސް މިދިޔަ އަހަރު ބާއްވާފައި ވަނީ ޅ.ނައިފަރުގަ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ވަނީ ހާއްސަ ފޯމެއް ތައްޔާރުކޮށްފަ އެވެ. އެ ފޯމު މިހާރު ވަނީ އަތޮޅުތަކަށް ފޮނުވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާނީ 35 ވަނަ މަސްވެރިންގެ ދުވަހެވެ.