ވިޔަފާރި

އެސްޓީއޯ ޕަވާމިކްސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Dec 21, 2016

މޯލްޑިވިއަން އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ކޮންސްޓްރަކްޝަން މެޓީރިއަލް އިން ކުރި އަށް ގެންދިޔަ "ޕަވާމިކްސް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އެސްޓީއޯ ފަސް ނަމްބަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިން އިއުލާނުކޮށް ގުރުއަތު ނަގައިދިނީ ކޮންސްޓްރަކްޝަން މެޓީރިއަލްގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ އެވެ.

އަގު ބޮޑު އިނާމުތަކެއް ލިބޭ ގޮތަށް ކުރި އަށް ގެންދިޔަ މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ ހިޓާޗީ 55 އިންޗީގެ ޓީވީ ލިބުނީ، ކޫޕަން ނަމްބަރު 15773 އަށެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ އައިސް އަލަމާރި ލިބުނީ ކޫޕަން ނަމްބަރު 15388 އަށެވެ. އަދި ތިންވަނައަށް ހުށަހަޅާފައިވާ ދޮންނަ މެޝިން ލިބިފައި ވަނީ ކޫޕަން ނަމްބަރު 15982 އަށެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލް އިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ މުހިންމު ގިނަ ބާވަތްތައް ފޯރުކޮށްދެ އެވެ. މިގޮތުން އެސްޓީއޯ އިން ފޯރުކޮށްދޭ ބައެއް މުހިންމު ސާމާނުގެ ތެރޭގައި ހިލަ އާއި ހިލަވެލީގެ އިތުރުން ރާއްޖޭގައި އުފައްދާ ސިމެންތި ހިމެނެ އެވެ.