އެސްޓީއޯ

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ލުނބޯ އަގުހެޔޮކޮށް ވިއްކަން މިފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ.

އެސްޓީއޯއިން ލުނބޯ ވިއްކާ އަގު ހެޔޮކޮށް ކިލޯއެއް މިހާރު ވިއްކަނީ 50 ރުފިޔާ އަށެވެ. އަދި އެސްޓީއޯ އިނ ް25 ކިލޯގެ ލުނބޯ ބަސްތާ ހޯލްސޭލްކޮށް ވިއްކަނީ 1،175 ރުފިޔާ އަށެވެ.

ލުނބޯ ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފައި މިވަނީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

އެސްޓީއޯ އިން ބުނީ ލުނބޯ ގަންނަން ލިބޭނީ މާލެ ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންނާއި މާލޭގެ ސިނާއީ ސަރަހައްދުގައި ހުންނަ އެސްޓީއޯ ސެންޓަރުން ކަމަށެވެ.

މީގެކުރިން އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވެފައި ވަނިކޮށް ރާއްޖެއަށް ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ. އެސްޓީއޯ އިން ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 17 ރުފިޔާ އަށެވެ.

ރައްޔިތުން ބޭނުންވާ އަސާސީ ތަކެތި ރޯދަ މަހާ ދިމާކޮށް އަގު ބޮޑުވާތީ އެފަދަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން އަބަދުވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ.