ރަޝިއާއިން 2014 ވަނަ އަހަރު އަތުލާފައި އޮތް ޔުކްރޭންގެ ކްރައިމިއާ ސަރަހައްދު، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުކުރެވޭނީ މަޝްވަރާގެ ޒަރިއްޔާއިން ކަމަށް ގަބޫލުކުރައްވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެޖްސްކީ ވިދާޅުވީ ރަޝިއާއާ ހަނގުރާމަކޮށްގެން ކްރައިމިއާ އަތުލުމަކީ ޔުކްރޭނަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
އަދި އެ ގައުމުގެ އަސްކަރިއްޔާގައި އެވަރުގެ ބާރުވެރިކަން ނެތް ކަމަށާއި -- އެހާ ގިނަ އަދަދަށް ދޫކޮށްލާނެ ފުރާނައެއް އަސްކަރިއްޔާގައި ނެތް ކަމަށް ވެސް ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިއާ އަތުލާފައި ހުރި ޔުކްރޭންގެ ސަރަހައްދުތައް ދޫކޮށްލައި ރަޝިއާއާ އެކު ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ދެންނެވި ސުވާލަށް ޒެލެސްނީ ވިދާޅުވީ ޔުކްރޭންގެ ފަސްގަނޑުން ވެލިފުކެއް ދޫކޮށްލުމަކީ ރައްޔިތުން އޭނާއަށް މާފުކުރާނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އެއީ ކުރެވޭ ވަރުގެ ކަމެއް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ޔުކްރޭންގެ ރައީސް ޒެލެސްކީ ވިދާޅުވި އެވެ.
ޔުކްރޭންގެ ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް އެހެން ގައުމަކަށް ނުވަތަ ބަޔަކަށް މުޅިން ދޫކޮށްލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ޒެލެންސީ ވިދާޅުވި އެވެ.
ރަޝިއާގެ ބާރުގެ ދަށަށް ކްރައިމިއާ ގެންދިޔައީ 2014 ވަނަ އަހަރު އެވެ. އެއީ ކްރައިމިއާގައި ތިބި ރަޝިއާ ދަރިކޮޅުގެ މައްޗަށް ޔުކްރޭން ސަރުކާރުން އަނިޔާވެރިވެ ހަމަލާދީ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ރަޝިއާއިން 2022 ގައި ޔުކްރޭނަށް އަރައިގަނެ ވަނީ އެ ގައުމުން އެކަށީގެންވާ ވަރުގެ ތަންގަޑެއް އިސްތިއުމާރުކޮށްފަ އެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ، ޔުކްރޭންގެ ވެރިންނަށް ހުޅަނގުން ލައިދިން ބުއްދިއެެއްގެ ސަބަބުން -- ރަޝިއާއަށް ރައްކާތެރި ކަމަށް ގެއްލުންވެދާނެ ކަމަށް ރަޝިއާއަށް ހީވުމުންނެވެ.