ހަބަރު

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

Jan 23, 2017

ފިހާރައަކުން ވައްކަން ކުރި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދުވަނީ ފިހާރައަކުން އެމީހާ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ ވައްކަން ކުރަނީ ކާބޯތަކެތި ވިއްކާ ފިހާރައަކުންނެވެ. އެމީހާ ވައްކަންކޮށްފައިވަނީ ފިހާރައަށްވަދެ ވިޔަފާރި ކުރުމަށްފަހު ފިހާރައިގެ ސޭޓު ފުރަގަހަށް އެނބުރި ހުއްޓަ ފިހާރައިން ނުކުމެގެން ދަމުންނެވެ. އެމީހާ ވަގަށް ނަގާފައިވާ ކަމަށް ވީޑިއޯ އިން ފެންނަނީ ފިހާރައިގެ މޭޒެއްގެ މަތީގައި ބާއްވާފައި އޮތް ފޯނެކެވެ.

މި ވީޑިއޯއިން ފެންނަ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަން މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ނޫނީ ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.