ވިޔަފާރި

ލެޕާފިއުމްގެ އާ އަހަރުގެ ހަދިޔާގެ ނަސީބުވެރިން ހޮވައިފި

Feb 5, 2017

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސެންޓް ފިހާރަ، ލެޕާފިއުމް އިން އާ އަހަރުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ. އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ ރޭ ލެޕާފިއުމް ފިހާރައިގަ އެވެ.

ހަމައެކަނި ސެންޓަށް ހާއްސަކޮށްގެން ވިޔަފާރިކުރާ ލެޕާޕިއުމް ފިހާރައިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުން އެއްވަނަ އަށް ދިޔަ އަހުމަދު މާއިދު ސައީދަށް ލިބިފައިވަނީ އިތުރު މީހަކާ އެކު ރިސޯޓެއްގައި ދެ ދުވަހު ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތެވެ. އަދި ދެ ވަނަ އަށް ދިޔަ އައިމިނަތު ރީމާ އަށް 2،500ރ. ގެ ޕާފިއުމް ހެމްޕާ އެއް ލިބުނުއިރު، ތިންވަނަށް ހޮވުނު ހުސެއިން ހައްސާންއަށް ލިބިފައިވަނީ 1،000ރ. ގިފްޓް ކާޑެކެވެ.

ލެޕާފިއުމް އިން އާ އަހަރުގެ މި ޕްރޮމޯޝަންގެ އިތުރުން ވަނީ "ޕިކް އަ ބޯލް އެންޑް ވިން" ގެނަމުގައި ވެސް ގަންނަ ސެންޓަކުން ވަކި ވަރަކަށް ޑިސްކައުންޓް ލިބޭ ބައެއް ވެސް ހިމަނާފަ އެވެ. އެގޮތުން އެ ފިހާރާގައި ބަހައްޓާފައިވާ ބޯޅަ ފޮށިން ބޯޅައެއް ނަގައިގެން ނަސީބު އަގު ވަޒަން ކޮށްލުމުގެ ފުރުސަތު ލިބިފައިވެ އެވެ.

އޮންލައިންކޮށް ވެސް ސެންޓުއް ވިއްކާ އެ ފިހާރާއިން ދާދި ފަހުން ވަނީ ޖޯން ވާވަޓޮސް ބްރޭންޑްގެ ސެންޓް ވެސް ރާއްޖެ ގެނެސް ވިއްކަން ފަށާފަ އެވެ. މީގެ އިތުރުން އެންމެ ފަހުގެ ގިނަ ބްރޭންޑް ތަކެއްގެ ސެންޓު މިހާރުވެސް ލެޕާފިއުމް އިން ލިބެން އެބަހުއްޓެވެ.

އޭގެތެރޭގައި ޕަކޯރަބާންގެ އެންމެ ފަހުން ނުކުތް އޮލިމްޕިއާ އިންޓެސް އަދި އިނވިކްޓަސް އިންޓެސް ލިބެން ހުރިއިރު ނީނާ ރިޗީގެ ލޫނާ އަދި ސީކޭގެ ޑީޕް ޔޫފޯރިއާ ވެސް ހިމެނެ އެވެ.