ދުނިޔެ

ލަންޑަންގައި 81 އަހަރުގެ މުސްކުޅި އަންހެނަކު ރޭޕްކޮށްފި

Feb 13, 2017
1

އުމުރުން 81 އަހަރު ވެފައިވާ މުސްކުޅި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފިއެވެ.

ސްކައި ނިއުސް ބުނީ އުމުރުން 81 އަހަރުގެ އެ އަންހެންމީހާ ރޭޕްކޮށްފައި ވަނީ ލަންޑަންގެ ކާރޫބާރޫ ބޮޑު މަގަކަށް މަޑުކުރި ބަހަކުން ފޭބި ވަގުތު ، ގަދަ ކަމުން އެހެން ތަނަކަ ގެންގޮސްގެން ކަމަށެވެ. ހުކުރު ދުވަހު ހިންގި އެ ޖަރީމާގެ ތުހުމަތަށް އުމުރުން 41 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް، ރޭޕްކުރި ކަމުގެ ދައުވާ އުފުލަން ފުލުހުން ވަނީ ނިންމާފައެވެ.

ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސްގެ ސެކްސް ކްރައިމްސް ޔުނިޓުން މިހާރު ވަނީ އެހާދިސާ ލޮލުން ދުށް މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ.

"ހާދިސާ ހިނގި ރޭ ރިނާލްޑޯ ރޯޑުން ފެނިފައިވާ ފިރިހެން ހެކިވެރިޔާ ހޯދަން އަހަރެންގެ ޓީމުން ވަރަށް ބޮޑަށް ބޭނުންވޭ. އޭނާ އޭރު ލައިގެން ހުރީ ފަހަތުގައި އެމެރިކާ ދިދަ ޖަހާފައިވާ ޖެކެޓެއް،" ހާދިސާ ތަހުގީގު ކުރުމުގައި އިސްކޮށް އުޅޭ ޑިޓެކްޓިވް އިންސްޕެކްޓަރް މެލީސާ ލަރެމޯ ސްކައި ނިއުސްއަށް ބުނެފައި ވެއެވެ.

މަންޒަރު ދުށްމީހާ ފުލުހުންނާ މުއާމަލާތްކުރުމަށް މެލީސާ ވަނީ ގޮވާލާފައެވެ. ހާދިސާގައި އަނިޔާ ލިބުނު މުސްކުޅި އަންހެންމީހާ އެވަގުތު ލައިގެން ހުރި ޖެކެޓް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.