ހަބަރު

މިއަންމާއިން ގެއްލުނު ކުޑަ ދުށިންތަ؟

Mar 20, 2015

މިއަންމާގައި "ގެއްލުނު" ކުޑައަކާ ގުޅިގެން އެ ގައުމުގެ ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތައް ކަންބޮޑު ވެއްޖެ އެވެ.

އެއީ މިއަންމާގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ ސޫސޫ ލައިން އެ ގައުމުގެ ދެކުނުގައި އޮންނަ ކަވަތުއާންގްއަށް އާދަައިގެ މަތިން ކުރެއްވި ދަތުރުފުޅެކެވެ. އަދި އާދައިގެ މަތީން މިނިސްޓަރަށް އެ ރަށަށް ވަޑައިގެންނެވުމާއެކު މިއަންމާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އިން ސޯޝަލް މިޑިއާގަ ފޮޓޯއެއް އާންމު ކުރެ އެވެ. ނަމަވެސް މި ފަހަރު ސޯޝަލް މިޑިއާ ބޭނުން ކުރާ ފަރާތްތަކުގެ ނަޒަރު ހުއްޓުނީ އެހެން ދިމާލަަކަށެވެ.

ސޯޝަލް މީޑިއާއަށް އާންމު ކޮށްފައިވާ އެ ފޮޓޯ އިން މިނިސްޓަރުގެ ބޯ މަތީގައި ކުޑައެއް ނެތް ނަމަވެސް ކުޑައެއްގެ ހިޔަނި ފެނެ އެވެ. ބެލެވޭ ގޮތުގައި އެ ކުޑަ ހިފަހައްޓައިގެން ހުންނަނީ ފިރިހެނެކެވެ. ކޮންމެއަކަސް ފޮޓޯއިން ކުޑަ، އެއާބްރަޝް ކޮށްލި މީހާ ކުޑައިގެ ހިޔަނި ފުހެލަން ހަނދާން ނެތުނީ އެވެ.

މި ކަމަމާ ގުޅިގެން ސޯޝަލް މިޑިއާގަ ގިނަ ބަޔަކު ވަނީ އިންފޮމޭޝަން މިނިސްޓްރީ އަށް ޖޯކު ޖަހާފައި އެވެ. އެގޮތުން "މިނިސްޓްރީން މަންޒަރު ރީތި ކުރަން ކޮށްފައި ވަނީ މާ ރީތި ކަމެއް ނޫން" ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނީ ތިމަންނާމެންވެސް "ޖާދޫގެ ކުޑައެއް ބޭނުން" ކަމަށާއި "އެ ކުޑަ މެދުވެރިކޮށް ގެއްލެން ބޭނުން" ކަމަށެވެ.

މި ފޮޓޯއާ ގުޅިގެން މިއަންމާގެ އިންފޮމޭޝަން މިނިސްޓްރީން ރަސްމީކޮށް އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާއިރު ބީބީސީގެ ނޫސްވެރިއަކާ ހަވާލާދީ ބުނެފައި ވަނީ މިއަންމާގައި ފިރިހެނަކު އަންހެނެއްގެ ބޯމައްޗަށް ކުޑައެއް ދިިއްކޮށްގެން ހުރުމަކީ ފިރިހެނުން ލަދު ގަންނަން ޖެހޭފަދަ ކަމެކެވެ. އެހެން ކަމުން މި ފޮޓޯ އެޑިޓް ކޮށްފައި ސޯޝަލް މީޑިއާއަށްލީ ނަމަވެސް "އަތަށް ގޮވީ" އެވެ.